logoEN
cocacola
ތަމްރީންތަކަށް ދިވެހި 15 އިމާމަކު އިންޑޮނޭޝިއާއަށް!

ތަމްރީންތަކަށް ދިވެހި 15 އިމާމަކު އިންޑޮނޭޝިއާއަށް!

އަހުމަދު ޝުރާއު

logo

11/7/2024, 1:37:43 PM

# އިސްލާމިކް މިނިސްޓްރީ

--

އިމާމުންނަށް އިތުރު ތަމްރީން ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 15 އިމާމަކު ތަމްރީނަށް އިންޑޮނޭޝިޔާއަށް ފުރައިފިއެވެ.

ގޮސިޔާ

މި ދަތުރު ކުރިއަށް ދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރަށް އިމާމުން ފުރުމުގެ ކުރިން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިމާމުންނާއި ބައްދަލުކުރައްވާ ދަތުރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށާއި، ލިބިލައްވާ ޢިލްމާއި މަޢުލޫމާތުތަކުގެ ބޭނުން ޢަމަލީ މައިދާނުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެލައްވާފައެވެ.

މިއަހަރުގެ މިހާތަނަށް އިތުރު ތަމްރީނަށް 100 އިމާމުން ރާއްޖޭން ބޭރަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއަށާއި، ބުރޫނާއީގެ އިތުރުން މެލޭޝިޔާއަށްވެސް އިމާމުން ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އިމާމުންނަށް އިތުރު ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާފައިވާކަމެއްކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ