
އަންނަ އަހަރު ވެގެން ދާނީ އިސްލާމިކް ޔުނިވަރސިޓީއަށް ފާގަތި އަހަރަކަށް - ޑރ. ޝަހީމް
# އިސްލާމިކް މިނިސްޓްރީ# އައިޔޫއެމް# ޑރ. ޝަހީމް އަލީ ސައީދު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުންވެސް ދަރިވަރުންވެސް ތަޢުލީމް ޙާޞިލްކުރުމަށް އަންނާނެ ޔުނިވާސިޓީއަކަށް ހެއްދެވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ, އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މަޙްފަލުލް ޤުރްއާނިލް ކަރީމް 1446" ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވާސިޓީއަށް ފާގަތި އަހަރަކަށްވެގެންދާނެކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވާސިޓީއާއި ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލެވިފައިވާކަމަށެވެ. މި ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމުގެ އުފާވެރި ޚަބަރު ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ޔުނިވާސިޓީގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާކަމަށެވެ. މީގެ އިތުރުން އިސްލާމީ ޢިލްމު ފެތުރެއްވުމަށް އިސްލާމީ ޔުނިވާސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދޭން ޖެހޭ ފުރިހަމަަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި

ޙައްޖުވެރިންގެ ދެވަނަ ގުރޫޕުގައި 256 ޙައްޖުވެރިން ފުރައިފި

ޙައްޖު 1446: ދިވެހި ޙައްޖުވެރިންނަށް ތާރީޚީ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރެއް!

އައިޔޫއެމްގައި އިޖްތިމާޢީ ދުޅަހެޔޮކަމާއި އެއްބައިވަންތަކަމާއި ގުޅޭ ސެޝަނެއް ބާއްވަނީ
