
-
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެން ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 3:42 ހާއިރު ކަމަށް އެމްއެންޑީއެފުންބުނެފައިވެއެވެ.
ރޭ ފަތިހުން ފެށިގެން މިހާރު ވެސް އެމްއެންޑީއެފުން ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގައި ސަފާރީ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައެވެ.
ގުޅުންހުރި

މިއަހަރުގެ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފެށިއްޖެ

"ޔަސާވާ ޕްރިންސަސް" ގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 25 ގަޑިއިރުން!

މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
.jpg&w=3840&q=75)




