
-
ހުޅުމާލެ ފޭސް 1ގެ ކެފޭއެއްގެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ "ކްލީން ޕްލޭޓް" ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނިއްވާލާފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:20 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ބަދިގޭގައި ރޯވި އަލިފާން ނިއްވާލެވުނީ މިރޭ މެންދަމު 02:34 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައި އެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅީގައެވެ.
މި ހާދިސާގައި ކެފޭގެ ބަދިގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
.gif&w=3840&q=75)






