
-
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ކުރިއަށް ގެންދިޔަ ދަަޢުރާ ޢިލްމިއްޔާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވީ ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ބަދުރު ޙަމަދުއް ދައުލީއެވެ.
މި ދައުރާގައި ޢިލްމީ އެކި ކަންކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ. މި ދައުރާގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި، އިމާމުން ހިމެނޭހެން 65 ބައިވެރިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްއާއި ގުޅިގެން މީގެ ކުރިން އަޤީދާއާއި ގުޅޭ ތިން ދައުރާއެއްް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރާނީ ޑެޕިއުޓީ މިނިސްޓަރު ޝައިޚް އިމްޠިޠާޢު އައްބާސް!

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފި

މަތީ ތަޢުލީމު ޙާސިލް ކުރުމަށްދޭ ޒަކާތު ސްކޮލަރޝިޕް މިފަހަރު 24 ފަރާތަކަށް!
.jpg&w=3840&q=75)