
--
މުޙިއްޔުދީން ސްކޫލްގެ ދަރިވަރުންނަށް ނަމާދު ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ރިސާލަތު ޕްރޮގުރާމުގެ ދަށުން ކުރިއަށް ގެންދެވުނު ކޭމްޕެކެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ކޮންފަރެންސް ހޯލުގައި މިއަދު ކުރިއަށް ގެންދިޔަ މި ކޭމްޕު ނަންގަވައިދެއްވީ ސަލްމާނު ރަސްގެފާން މިސްކިތުގެ އިމާމު ޝައިޚް ޢައްމާރު ޢިލްޔާސްއެވެ.
މި ކޭމްޕުގެ ތެރެއިން ފުރިހަމަ ގޮތުގައި ނަމާދު ކުރާނެ ގޮތުގެ މަޢުލޫމާތާއި ނަމާދާއި ގުޅޭ ދީނީ ގިނަ މަޢުލޫމާތުތަކެއް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
ސްކޫލް ދަރިވަރުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވުޒާރާއާއި ސްކޫލްތައް ގުޅިގެން ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތ. ހިރިލަންދޫ ސްކޫލަށް 10 ލެޕްޓޮޕް ހަދިޔާކޮށްފި

ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރާނީ ޑެޕިއުޓީ މިނިސްޓަރު ޝައިޚް އިމްޠިޠާޢު އައްބާސް!

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފި
