
-
"ހުސްވީމަ ހުސްވީ"ގެ ނަމުގައި އެސްޓީއޯއިން ބޮޑު ވެއަރ ހައުސް ސޭލް އެއް ފަށައިފި އެވެ.

މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް "ހުސްވީމަ ހުސްވީ"ގެ ނަމުގައި ކުރިއަށްގެންދާ މި ވެއާސް ހައުސް ސޭލްގެ ބްރޭންޑް ތަކުގެ ތެރޭގައި ހިޓާޗީ އާއި މަކިޓާ އާއި ނިޕޯން ޕެއިންޓް އާއި ރެމިންގްޓަން އަދި ރަސްލް ހޮބްސް ހިމެނޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްއަކީ 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއާ ހައުސް ސޭލް ކުރިއަށް ދާނެ ގަޑިތަކަކީ:
– 1 ނޮވެމްބަރު 2024 (ހުކުރު) – 17:00 – 18:00 އަށް އަދި 20:00 – 23:00– 2 ނޮވެމްބަރު 2024 (ހޮނިހިރު) – 16:00 – 18:00 އަށް އަދި 20:00 – 23:00– 3 ނޮވެމްބަރު 2024 (އާދީއްތަ) – 16:00 – 18:00 އަށް އަދި 20:00 – 23:00– 4 ނޮވެމްބަރު 2024 (ހޯމަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
މި ވެއާ ހައުސް ސޭލްގެ ތެރެއިން 500ރ. އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއާ ހައުސް ސޭލް ނިމުމުން ނެގޭ ގުރުއަތުގައި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.
ގުޅުންހުރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ ރަމަޟާން ބާޒާރު 2025 ގެ އެއް ލައްކަ ރުފިޔާ ލިބޭ ނަސީބުވެރިޔާ ހޮވައިފި

އެސްޓްރަޒެނެކާއިން އެސްޓީއޯއާއި ގުޅިގެން ރާއްޖޭގައި އޮންކޮލޮޖީ ނަރސަސް އެކްސެލެންސް ޕްރޮގްރާމެއް!

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަކޮށްގެން 3 ފެސިލިޓީ އެއް ތައާރަފްކޮށްފި
