logoEN
PNC TOP 3
ރައީސްގެ އިރުޝާދުފުޅަކީ ތެލުގެ ސަޕްލައި ޑައިވާސިފައިކުރުން، އަންނަ މަހު ކުރީކޮޅު ސިންގަޕޫރުން ތެޔޮ ޝިޕްމެންޓެއް އަންނާނެ!

ރައީސްގެ އިރުޝާދުފުޅަކީ ތެލުގެ ސަޕްލައި ޑައިވާސިފައިކުރުން، އަންނަ މަހު ކުރީކޮޅު ސިންގަޕޫރުން ތެޔޮ ޝިޕްމެންޓެއް އަންނާނެ!

އަހުމަދު ޝުރާއު

logo

3/22/2026, 11:43:50 AM

# ރައީސް އޮފީސް

-

މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ތެލުގެ ސަޕްލައިއަށް ކުރާ އަސަރު ކުޑަކޮށް ސަޕްލައި ކަށަވަރުކުރުމަށް ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުންވެސް ރާއްޖެއަށް ތެޔޮ ގެންނަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

PNC MID 2

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިހާރު ކުރިޔަށްގެންދާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރުން ތެޔޮ ސަޕްލައި ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ރާއްޖެ އާއި ދިވެހިންނަށް ކުރާވަރު ވީހާ ވެސް ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާ އެކު، ވަރަށް ހަލުވިކޮށް، ރޭވުންތެރިކަމާ އެކު ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. ވަކީން ޚާއްސަކޮށް އެއްދިމާލަކުން ތެޔޮ ގެނައުމުގެ ބަދަލުގައި ތެޔޮ ގެންނަ ދިމާތައް ޑައިވާސިފައި ކުރުމަށް ރައީސް އިރުޝާދުދެއްވާފައިވާ ކަމަށާއި އެގޮތުގެ މަތީން ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުންވެސް ތެޔޮ ގެނައުމަށް ނިންމައި އަންނަ މަހުގެ ކުރީކޮޅު ސިންގަޕޫރުން ތެޔޮ ޝިޕްމެންޓެއް ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.

ސިންގަޕޫރުން އަންނަ ޝިޕްމެންޓު އަންނަ މަހުގެ 2 ނުވަތަ 3 ގައި ރާއްޖެ އަންނާނެކަން ފާހަގަކުރައްވަމުން ޒަމީރު އިތުރަށް ވިދާޅުވީ އިތުރު ޝިޕްމެންޓެއް އޮމާނުން އަންނަ މަހުގެ 4 ނުވަތަ 5 ގައި ރާއްޖެ އަންނާނެ ކަމަށެވެ.

ތެޔޮ ގަވާއިދުން ލިބުމުގައި ދަތިތަކެއް ނެތްކަމަށާއި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގައި އާންމުންނަށް ދަތިނުވާނެ ވަރަށް އަގު އުފުލަނުދީ ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަންވެސް ޒަމީރު ފާހަގަކުރެއްވި އެވެ.

"މިހާރު 160 ޑޮލަރާ ގާތަށް ދުނިޔޭގެ ބާޒާރުގައި އަގު އުފުލިގެން ދިޔަ ނަމަވެސް ތެލުގެ އަގު ސަބްސިޑައިޒްކޮށްގެން އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުމަށް މި ދަނީ މަސައްކަތްކުރަމުން،" ޒަމީރު ވިދާޅުވި އެވެ.

މިދިޔަ ހަފުތާ ވެސް ތެލުގެ ދެ ޝިޕްމަންޓް ރާއްޖެ ގެނައި ކަން ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޝިޕްމަންޓްގައި 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޑީސަލްއާއި ޕެޓްރޯލް ހުންނާނެ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ޝެޑިއުލާއި އެއްގޮތަށް ތެޔޮ ރާއްޖެ ގެންނާނެ ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC