
-
ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މަގާމުން ވަކިކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކުން ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މުންދު މަގާމުން ވަކިކުރިކަން ރަސްމީކޮށް މިހާރު ވަނީ އޭނާއަށް އަންގާފައި އެވެ. މިކަމާއި ގުޅޭގޮތުން ގޮތުން ގާފު ނޫހުން މުންދު އާއި ސުވާލުކުރުމުން ވަނީ މިވަގުތު މީޑިއާއަށް މައުލޫމާތު ދެއްވަން ބޭނުންފުޅު ނުވާކަން ހާމަކުރައްވާފައި އެވެ.
މުންދު އަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. މުންދު މަގާމުން ވަކިކުރި ސަބަބު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އިއްޔެގެ ވަގުތެއްގައި ވަނީ ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް މީސް މީޑިއާގައި ލީކްކޮށްލާފައި އެވެ.
މުންދުގެ އިތުރުން ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުވެސް މިއަދު ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައެވެ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.
ސަލްމާއާއި މުންދު މަގާމުން ވަކިކުރިކަން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދުވެސް ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެްއްވާފައި އެވެ.
ގުޅުންހުރި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ޚާއްޞަ އިނާމަށް ފޯމު ހުށަހެޅުން އޮގަސްޓު 31 ގެ ނިޔަލަށް!
ރާއްޖޭގައި ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެއް!

ގަލްފް ހަނގުރާމައާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މާ ކުޑަ!




