-
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.
ޕީސީބީގެ ރައީސް ގެ މި ދަތުރަކީ "ސެމިނަރ އޮން މެރިން ސްޕެޝަލް ޕްލޭނިންގ އެންޑް ބްލޫ އިކޮނޮމިކް ޑިވެލޮޕްމަންޓް ފޮރ ކަންޓްރީސް އެލޯންގ ދި މެރިޓައިމް ސިލްކް ރޯޑު"ގައި ބައިވެރިވުމަށް ކުރައްވާ ދަތުރެކެވެ.
30 އޮކްޓޫބަރު 2024 އިން 12 ނޮވެންބަރު 2024 އަށް ޗައިނާގެ ޒިއަމެން ސިޓީގައި ބާއްވާ މި ސެމިނަރގައި ޕީ.ސީ.ބީގެ ރައީސްގެ އަރިހުގައި އެ ބޯޑުގެ މެންބަރު، މޫސާ ފަތުޙީވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސެމިނަރއަށްފަހު ހަމްދީ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 13 ނޮވެންބަރު 2024 ގައެވެ.