
ލުބުނާނުގައި ހަރަކާތްތެރިވަމުން ދިޔަ އިޒްރޭލުގެ އަސްކަރިއްޔާގެ ސިފައިންތަކެއް މަރާލައިފި
# ލުބުނާން - އިސްރާއިލްލުބުނާނުގައި ހަރަކާތްތެރިވަމުން ދިޔަ އިޒްރޭލުގެ އަސްކަރިއްޔާގެ ސިފައިންތަކެއް މަރާލައިފި އެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުން ރިޕޯޓުކުރަމުން އަންނަ އަލްޖަޒީރާގެ ނޫސްވެރިއާ އިމްރާން ހާން ދާދި ދެންމެ އަކު ބުނީ އިޒްރޭލުން ލުބުނާނުގައި އެއްގަމު މަގުން ހިންގަމުން އަންނަ ކަމަށްބުނާ އޮޕަރޭޝަން އަދިވެސް ކުރިޔަށްދާކަން އިޒްރޭލުން ކަށަވަރުކޮށްދޭ ކަމަށާއި ނަމަވެސް ހިޒްބުالله އާއި ޔަހޫދީ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކެއް މިއަދު ހިނގާފައިވާ ކަމަށް މަސްދަރުތަކުން މައުލޫމާތު ދޭކަމަށެވެ.
އެގޮތުން މިއަދުގެ ކުރިމަތިލުންތަކުގައި އިޒްރޭލު އަސްކަރިއްޔާގެ ސިފައިންގެ ދެ އޮފިސަރަކާއި އިތުރު ސިފައިންތަކެއް މަރާލާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ނޫސްވެރިޔާ އިމްރާން ރިޕޯޓުކުރެއެވެ.
މި ހަމަލާބަދަލުކުރުންތައް ހިނގާފައިވަނީ ޔަހޫދީން އުމްރާނީ ގޮތުން ގާތްގަނޑަކަށް މުޅިން ހަލާކުކޮށްލާފައިވަނީ ލުބުނާނުގެ އަވަށެއް ކަމަށްވާ އައިތާ އަލްޝާބް ގައި ކަމަށްވެސް އޭނާ ބުނެއެވެ.
މި ކަމާއި ގުޅިގެން އަދި މިހާތަނަށް އިޒްރޭލުން ބަހެއް ބުނެފައި ނުވާއިރު ލުބުނާނުގެ ބޮޑު ސަރަހައްދަަކަށް ހަމަލާދިނުމަށް މީގެ އިރުކޮޅެއް ކުރިން އިޒްރޭލު އަސްކަރިއްޔާއިން ވަނީ އެވެކުއޭޝަން ނޯޓިސް ނެރެ އިންޒާރު ދީފައި އެވެ.
ގުޅުންހުރި

އިޒްރޭލުން ލުބުނާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާއެއް: މިއީ މިފަހުން ބެއިރޫތަށް ޔަހޫދީން ދިން އެންމެ ބޮޑު ހަމަލާ - ރޮއެޓާސް

މިމަހުގެ 18 ގެ ކުރިން ލުބުނާނުގައި ތިބި ޔަހޫދީ ސިފައިން ފައިބާން އަންގައިފި

ނިރުބަވެރި އިޒްރޭލުން ލުބުނާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލަނީ
