logoEN
PNC TOP 3
އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މެޑިކަލް ކޭމްޕެއް އިސްރަށްވެހިންގެ ނާދީގައި ކުރިޔަށްގެންގޮސްފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މެޑިކަލް ކޭމްޕެއް އިސްރަށްވެހިންގެ ނާދީގައި ކުރިޔަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

10/28/2024, 10:14:07 AM

# އިސްރަށްވެހިންގެ ނާދީ

--

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މެޑިކަލް ކޭމްޕެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފިއެވެ.

PNC MID 2

މި މެޑިކަލް ކޭމްޕް ބާއްވާފައިވަނީ އައިކެއަރ، އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމަން ކްލިނިކް، މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރ، ކޮމިއުނިޓީ ވޮލަންޓިއަރ ނަރސަސް އަދި އެލްޒައިމާޒް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.

މި ކޭމްޕުގައި ވަނީ އިސްކޮޅާއި ބަރުދަން (ބީ.އެމް.އައި) ބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ހަކުރު ޓެސްޓްކުރުމާއި ލޯ ޓެސްޓުކުރުން ކުރިއަށް ގެންގޮސްފައެވެ. އެއާއެކު، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ބެލުމާއި، ކެންސަރ ސްކްރީނިންއާއި ގުޅޭ މަޢުލޫތުވެސް ހިއްސާކޮށްފައިވެއެވެ.

މި ކޭމްޕަށް 114 މީހުން ޒިޔާރަތްކޮށް ޚިދުމަތް ހޯދާފައިވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC