
ކޮލަމާފުށި ސްކޫލު މުދައްރިސުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
# ގއ. ކޮލަމާފުށި# ފުލުހުން-
ގއ. ކޮލަމާފުށި ސްކޫލު މުދައްރިސުންނަށް ލީޑަރޝިޕް އަދި ޓީމްވޯކްއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މަސައްކަތުގެ މާހައުގައި މުދައްރިސުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެފައި އޮތުމުގެ މުހިންމުކަމާއި، ހުނަރުތައް ތަރައްގީކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، އެކަކު އަނެކަކާއި މުހާތަބު ކުރުމާއި ލީޑަރޝިޕް ސްކިލްސް، މައްސަލަ ހައްލުކުރާނެގޮތް އަދި ކްރިއޭޓީވް ސްކިލްސްއާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.
ގއ. އަތޮޅު ފުލުހުންނާއި ކޮލަމާފުށީ ޕޮލިސްޓޭޝަން ގުޅިގެން ހިންގި މި ސެޝަނުގައި އެ ސްކޫލުގެ ބިދޭސީ މުދައްރިސުން ވެސް ހިމެނޭގޮތަށް ޖުމުލަ 22 މުދައްރިސުން ބައިވެރިވިއެވެ.