
ިއިޒްރޭލު އަސްކަރިއްޔާއަށް ހަތިޔާރު އުފައްދާ ކާރުހާނާއަކަށް ހިޒްބުالله އިން ރޮކެޓު ހަމަލާއެއްދީފި
# ހިޒްބުاللهނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއަށް ހަތިޔާރު އުފައްދާ ކާރުހާނާއަކަށް އަމާޒުކޮށް ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ހަމަލާތަކެއް ދީފި އެވެ.

މުސްލިމި މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ބުނީ އިޒްރޭލުގެ ވެރިރަށް, ތެލްއަވީވް އަވަށުގެ ހަތިޔާރު އުފައްދާ ކާރުހާނާއަކަށް އަމާޒުކޮށް ރޮކެޓް ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި ހަމަލާ ކާމިޔާބު ކަމަށްވެސް ވަނީ ބުނެފައި އެވެ.
އެ ޖަމާއަތުން ބުނީ ތެލްއަވީވްގެ އަވަށްތަކުގައި ހުންނަ އަސްކަރީ އިންޑަސްޓްރީގެ ކުންފުންޏަކަށް ކޮލިޓޭޓިވް ރޮކެޓުން ހަމަލާދީ އެ ޓާގެޓަށް ސީދާ ގެއްލުންތަކެއް ދެވުނު ކަމަށެވެ.
މި ހަމަލާދިން ކާރުހާނާއަކީ އިޒްރޭލުން މުސްލިމުންގެ ބިންތައް ފޭރިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަސްކަރިއްޔާއިން ބޭނުންކުރާ ހަތިޔާރު ތައް އުފެއްދުމަށް ބޭނުންކުރާ ކާރުހާނާއެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ހިޒްބުالله އިން ހަމަލާދިން ކަމަށްބުނާ ކާރުހާނާ ސަރަހައްދުން އިޒްރޭލު އަސްކަރިއްޔާއިން ރޮކެޓުތަކެއް އިންޓަސެޕްޓު ކުރިކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިޒްރޭލު އަސްކަރިއްޔާއިން ބަހެއް ބުނެފައި ނުވެއެވެ.
ހިޒްބުالله އިން ރޮކެޓު ހަމަލާތަކެއް ދިން ކަމަށް ބުނި އިރު މިރޭ އެޖަމާއަތުން ވަނީ މިއަދުގެ ހަމަލާތަކުގައި މުޅިން އައު ހަތިޔާރުތަކެއް ބޭނުންކުރި ކަން ހާމަކޮށްފައެވެ. ހިޒްބުالله އިން ބުނީ އިޒްރޭލު ސިފައިންނާ އެކު ހިނގި ހަމަނުޖެހުންތަކުގައި ފުރަތަމަ ފަހަރަށް "ޕްރިސިޝަން މިސައިލް" ފޮނުވާލައި އާ ވައްތަރުގެ އެޓޭކް ޑްރޯންތަކެއް ފޮނުވާލި ކަމަށެވެ.
ގުޅުންހުރި

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިން - އިސްރާއީލް

ނަސްރަالله ހިމެނޭހެން ޝަހީދުކޮށްލި ހިޒްބުالله ގެ އިސްވެރިންގެ ރަސްމީ ޖަނާޒާ މިމަހު ފަހުކޮޅު!

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި
