logoEN
cocacola
ޣައްޒާގެ ޖަަބަލިއާގެ ސްކޫލަކަށް ޔަހޫދީން ބޮން އަޅައި 15 މީހަކު ޝަހީދުކޮށްލައިފި , 5 ކުޑަކުދިން ހިމެނޭ!

ޣައްޒާގެ ޖަަބަލިއާގެ ސްކޫލަކަށް ޔަހޫދީން ބޮން އަޅައި 15 މީހަކު ޝަހީދުކޮށްލައިފި , 5 ކުޑަކުދިން ހިމެނޭ!

އަހުމަދު ޝުރާއު

logo

10/17/2024, 1:15:04 PM

# ޣައްޒާ

ޔަހޫދީ ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން ޣައްޒާގެ ޖަބަލިއާގައި ހުންނަ ސްކޫލަކަށް ބޮން އަޅައި ފަސް ކުޑަކުދިން ހިމެނޭހެން 15 މީހަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލް މެދަތު އައްބާސް ރޮއިޓާސްއަށް ވިދާޅުވީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާގައި ހުންނަ އަބޫ ހުސައިން ސްކޫލަކީ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެމުން އައި ސްކޫލެއް ކަމަށެވެ.

އެ ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި އަލިފާން ނިއްވަން ފެން ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނީ ހަމަލާ އަމާޒުކޮށްފައި ވަނީ އެ ސަރަހައްދަށް އެއްވި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.

ޣައްޒާގެ އުތުރުގައި ހުންނަ އެ މިނިސްޓްރީގެ އިމަޖެންސީ ޔުނިޓްގެ ހެޑް ފަރެސް އަބޫ ހަމްޒާ ވިދާޅުވީ ކައިރީގައި ހުރި ކަމާލް އަދްވާން ހޮސްޕިޓަލަށް ހަމަލާގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ހަމަލާގައި ޒަހަމްވި ގިނަ އަންހެނުންނާއި ކުޑަކުދިންގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަލާދިން ސްކޫލުގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ތިބި ކަމަށް ޔަހޫދީން ކުރާ ތުހުމަތު ހަމާސްއިން ވަނީ މީގެ އިއުކޮޅެއް ކުރިން ދޮގުކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ