logoEN
WAMCO TOP 1
ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލަސީމިއާ މާސްޓަރ ޕްލޭން އިފްތިތާޙްކޮށްފި

ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލަސީމިއާ މާސްޓަރ ޕްލޭން އިފްތިތާޙްކޮށްފި

އަހުމަދު ޝުރާއު

logo

10/16/2024, 1:13:09 PM

# ތެލެސީމިއާ

--

ތެލަސީމިއާ ކުދިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލަސީމިއާ މާސްޓަރ ޕްލޭން އިފްތިތާޙްކޮށްފިއެވެ.

THE TRAVELLER AD

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ތެލަސީމިއާ މާސްޓަރ ޕްލޭން އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.

ތެލަސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ. އޭގެތެރޭގައި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ޚިދުމަތްތައް ބައްޓަންކޮށްދެވޭ ޚިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ޚިދުމަތް ދިނުމުގައި އިނޮވޭޓެޑް ޓެކްނޮލޮޖީ ތަޢާރަފްކޮށް ޚިދުމަތުގެ ޕްރޮފެސަނަލިޒަމް ހިފެހެއްޓުން ހިމެނެއެވެ.

ލޭގެ ބަލިތަކަށް ޚާއްޞަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމާއި ތެލަސީމިއާ އަށް މިހާރު ދެވޭ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް ޤާއިމުކުރުމަކީ ވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މިވައުދުގެ ދަށުން ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމާ ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހު އިއުލާންކުރައްވާފައެވެ. މިހޮސްޕިޓަލް ތަރައްޤީކުރަން ނިންމާފައިވަނީ މާލެ ސަރަޙައްދުގައެވެ.

މިރަސްމިއްޔާތުގައި މި ހޮސްޕިޓަލް އެޅުމަށް ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމެވެ.

ތެލަސީމިއާ ހޮސްޕިޓަލުން ދެވޭ ޚާއްސަ ޚިދުމަތްތަކުގެ ތެރޭގައި، ޕްރީނޭޓަލް ޑައިގުނޯސިސްގެ ޚިދުމަތާއި، ޓްރާންސްޕްލާންޓް ޚިދުމަތާއިއެކު ސެންޓަރަލް ބްލަޑް ބޭންކެއްގެ އިތުރުން ތެލަސީމިއާ ކުދިންނާއި ބެލެނިވެރިންނަށް އެކޮމޮޑޭޝަންގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC