
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު: ތިންވަނަ ބެރިއަރ އައިލެންޑް ހެދުމުގެ މަސައްކަތް ނިމެނީ!
# ހއ ހޯރަފުށި# އެމްޓީސީސީ--
ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިޔަށްދާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންުފުނިން ބުނީ ހޯރަފުށީ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ބެރިއަރ އައިލެންޑް ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި، ޖިއޯބޭގް ޖެހުމުގެ މަސައްކަތުގެ 87 އިންސައްތަ ވަނީ ނިމިފައި ކަން ވަނީ ހާމަކޮށްފައެވެ.
ޙޯރަފުށީ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއަކީ ސަރުކާރުން 2021 ވަނަ އަހަރު ފެށި މަޝްރޫއުއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރީ ސަރުކާރުގައި މަޑުދުވެއްގައި ކުރިޔަށް ދިޔަ ނަމަވެސް މިހާރު މި މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްގޮސް މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒުހިފާފައި އެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް ދެ ބެރިއާ އައިލެންޑް ވަނީ ހަދާފައި އެވެ.
ގުޅުންހުރި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިން ޓްރެކް ފްލެޓްފޯމެއް ގާއިމުކުރުމަށް ސޮއިކޮށްފި
ފެކްޓްޗެކް: އަމީނީމަގު މަރާމާތު ފެށުމުގެ ކުރިން ބަސް ރޫތުތަކަށް އަންނާނެ ބަދަލުތައް އެމްޓީސީސީން ހާމަކުރި

އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން 'އަސްލު ޓީވީ' އިން ފެތުރި ޚަބަރު އެމްޓީސީސީން ދޮގުކޮށްފި




