
ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ދެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި
# ހުޅަނގު އައްސޭރިހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ހިންގަމުންދާ ކަމަށް ބުނާ ރެއިޑެއްގެ ތެރެއިން ދެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި އެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސްގެ އިރުދެކުނުން އޮންނަ ބެއިޓް ފުރިކަށް އިސްރާއީލުގެ ސިފައިން ބަޑިން ދިން ހަމަލާއެއްގައި ދެ ކުއްޖަކު ޒަހަމްވެފައިވާ ކަމަށެވެ. ނަމަވެސް އެދެކުދިންގެ ހާލާއި ގުޅޭގޮތުން ޕީއާރުސީއެސް އިން ތަފްސީލެއް ދީފައެއް ނުވެއެވެ.
ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކާއި، މީހުން ހައްޔަރުކުރުމާއި، ގެދޮރު ތަޅާލުމުގެ ހަރަކާތްތައް ވަރުގަދަކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ފަލަސްތީނުގެ 750 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ.
ހުޅަނގު އައްސޭރީގައި ދެކުއްޖަކު ޒަހަމްކޮށްލި އިރު މިއަދު ޔަހޫދީން ވަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕެއްގައި ފުޓްބޯޅަ ކުޅެން ތިބި ކުޑަކުދިންތަކަށް އަމާޒުކޮށް ބޮން އަޅައި 5 ކުއްޖަކު ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި
