
ލުބުނާނުގައި ތިބި އދ ގެ ސުލްހަ ބަލަހައްޓާ ސިފައިން އެގައުމުން ފޭބުމަށް އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ ގެ ޖެނެރަލް ސެކެޓްރީއަށް އަަންގައިފި އެވެ.

އދ ގެ ޖެނެރަލް ސެކެޓްރީ ގުޓަރޭޒްއަށް ފޮނުވި މެސެޖެއްގައި ނިރުބަވެރި ނަތަންޔާހޫ ވަނީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ތެރެއިން ގިނަ ބަޔަކު އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވުމާ ގުޅިގެން އެ މީހުން އަނބުރާ ގެންދިޔުމަށް ގޮވާލާފައި އެވެ.
އަދި އެކަން ވަގުތުން ތަންފީޒުކުރުމަށް ނަތަންޔާހޫ ވަނީ ގޮވާލާފައި އެވެ.
ލުބުނާނުގެ ދެކުނުގައި ހިޒްބުالله އާ ދެކޮޅަށް އިސްރާއީލު ސިފައިން ކުރަމުންދާ ހަނގުރާމައިގައި ފާއިތުވި ދުވަސްތަކުގައި އދ.ގެ ސުލްހަ ބަލަހައްޓާ ފަސް ސިފައިން ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އދ ގެ ސުލްހަ ބަލަހައްޓާ ސިފައިން ދަނީ ހިޒްބުالله އަށް ހިމާޔާތް ދެމުންނެވެ. ނަމަވެސް އެކަން އދ އިން ވެސް ދޮގު ކުރާއިރު ޔަތަންޔާހޫ އާއި އިޒްރޭލުން މިފަދަ ތުހުމަތުތައް ކުރަމުންދަނީ އދ އިން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކާއި ދެކޮޅަށް އަޑުއުފުލަމުންދާތީ އެވެ.
ގުޅުންހުރި

ކުދި ޖަޒީރާ ގައުމުތަކަށް އދ. މެދުވެރިކޮށް ދޭ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށްފި

ލުބުނާނުގައި ތިބި އދ ގެ ސުލްހަ ބަލަހައްޓާ ސިފައިން ފޭބުމަށް ނިރުބަވެރި ނަތަންޔާހޫ އަންގައިފި

ރާއްޖޭގެ ފުރިހަމަ ބައިވެރިވުމާއި އެކު އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ސެޝަން ނިންމާލައިފި




