
--
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ފޮރިން މިނިސްޓްރީއިން މިއަދު ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިޔަށް ދާ ސެޝަންގައި ރާއްޖެއިން ބައިވެރިވަމުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓްރީއިން އިތުރަށް ބުނީ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވާ ބައްދަލުވުންތަކުގައި ގިނަ ގައުމީ ބަޔާންތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޖެނީވާގައި ހުންނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގްރޫޕެއްގެ ފަރާތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާއި ޓެކްނިކަލް އެސިސްޓެންސް އެންޑް ކެޕޭސިޓީ ބިލްޑިންގެ އަހަރީ ޕެނަލްގެ ޖޮއިންޓް ސްޓޭޓްމަންޓެއް ރާއްޖެއިން ދޭނެ ކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ވިމެން އިން ޑިޕްލޮމަސީ އެންޑް މަލްޓިލޭޓަރަލިޒަމްގެ ކޯރ ގްރޫޕްގެ ދަށުން އިންކްލޫސިވް މަލްޓިލޭޓަރަލް ސިސްޓަމަކަށް އަންހެނުންގެ ހަމަހަމަ ބައިވެރިވުމާ ބެހޭގޮތުން ރާއްޖެއިން ޖޮއިންޓް ސްޓޭޓްމަންޓަކާއި، ކްރޮސް ރީޖަނަލް ކޯރ ގްރޫޕަކާ ގުޅިގެން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ޤަރާރެއް ހުށަހަޅަން ވެސް ހަމަޖެހިފައިވާކަން ފޮރިން މިނިސްޓްރީއިން ހާމަކުރެއެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ސަފީރު ޑރ.ސަލްމާ ރަޝީދެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކައުންސެލަރ އާދަމް ހާމިދާއި ކައުންސެލަރ އަލްއުސްތާޛާ ޑރ. ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އާމިނަތު ޝިފާޔާ އިބްރާހީމާއި ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޒާއި ސެކަންޑް ސެކްރެޓަރީ އައިޝަތު ރިފްގާ އަދި އެޓޭޗީ ރާއިދު ސައީދެވެ.
ގުޅުންހުރި

ކުދި ޖަޒީރާ ގައުމުތަކަށް އދ. މެދުވެރިކޮށް ދޭ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށްފި

ލުބުނާނުގައި ތިބި އދ ގެ ސުލްހަ ބަލަހައްޓާ ސިފައިން ފޭބުމަށް ނިރުބަވެރި ނަތަންޔާހޫ އަންގައިފި

ރާއްޖޭގެ ފުރިހަމަ ބައިވެރިވުމާއި އެކު އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ސެޝަން ނިންމާލައިފި




