
ރާއްޖޭގެ ފުރިހަމަ ބައިވެރިވުމާއި އެކު އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ސެޝަން ނިންމާލައިފި
# އދ # ފޮރިން މިނިސްޓްރީ--
ރާއްޖޭގެ ފުރިހަމަ ބައިވެރިވުމާއި އެކު އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 56 ވަނަ ސެޝަން ނިންމާލައިފި އެވެ.

ޖެނީވާގައި އިއްޔެ ނިމުނު މި ސެޝަންއާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ބުނީ ހިއުމަން ރައިޓްސް ކައުންސިލުން 26 ގަރާރެއް ފާސްކޮށްފައިވާއިރު ރާއްޖެއިން ވަނީ 15 ގަރާރެއް ކޯ ސްޕޮންސާކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ޑިޖިޓަލް މާހައުލުގައި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގަރާރުތަކާއި، ޕްލާސްޓިކް ޕޮލިއުޝަން އިމްޕްލިކޭޝަންސް އޮން ދަ ފުލް އެންޖޯއިމަންޓް އޮފް ހިއުމަން ރައިޓްސް، ޕްރޮމޯޝަން، ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް އިން ސުލްހަވެރި މުޒާހަރާތަކާއި މައްސަރު ގެ ސާފުތާހިރުކަން މެނޭޖްކުރުމާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ އިކުއަލިޓީ ފަދަ ގަރާރުތައް ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖެއިން ވަނީ ތަފާތު ތީމެޓިކް ދާއިރާތަކާ ގުޅޭ ގޮތުން ގައުމީ ބަޔާންތައް ވެސް ދީފައި ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
މި ސެޝަންގައި ރާއްޖެއިން ވަނީ ޝަރުއީ ދާއިރާއާއި ޖޫރީންނާއި އެސެސަރުންގެ މިނިވަންކަމާއި އިންސާފުވެރިކަމާ ބެހޭ ގަރާރުގެ ކްރޮސް ރީޖަނަލް ކޯ ގްރޫޕާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ގަރާރުގައި ބައިވެރިވެފައި އެވެ. މި ގަރާރުގެ މަގްސަދަކީ ޑިޖިޓަލް ޓެކްނޮލޮޖީ، ޖެންޑާ ސެންސިޓިވިޓީ އަދި ބައިނަލްއަގުވާމީ ތަފާތުކުރުންތައް ފަދަ ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދައި، އިންސާނީ ހައްގުތައް ދަމަހައްޓައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި 16 ހާސިލްކުރުމަށް ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާގެ ފަންނީ ބޭފުޅުންގެ މިނިވަންކަމާއި އިންސާފުވެރިކަން ހަރުދަނާ ކުރުމެވެ.
ފޮރިން މިނިސްޓްރީއިން ބުނީ މި ސެޝަންގައި 30 ޖޮއިންޓް ސްޓޭޓްމަންޓް ވެސް ވަނީ ރާއްޖެއިން ކޯ ސްޕޮންސާކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން އާއި ނޮން އެލައިންޑް މޫވްމަންޓްގެ ބަޔާންތައް ވެސް ހިމެނެ އެވެ. ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގެ ގްރޫޕްގެ ފަރާތުން ރާއްޖެއިން ވަނީ ހިއުމަން ރައިޓްސް އެންޑް ކްލައިމެޓް ޗޭންޖްއާ ގުޅޭ ގޮތުން ބަޔާނެއް ދީ، އެންމެންނަށް ދެމެހެއްޓެނިވި މާހައުލެއް ގާއިމުކުރުމަށް ސިޑްސް ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ތަޢުލީމާއި ޞިއްޙީ ދާއިރާއާއި ސިސްޓަމެޓިކް ޑިސްކްރިމިނޭޝަން ފަދަ މައުޟޫޢުތައް ހިމެނޭ ގޮތަށް 4 ޖޮއިންޓް ސްޓޭޓްމަންޓް ކޯ-ސްޕޮންސަރކޮށް، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ސާބިތުކަން ބޮޑުކަން ވަނީ ދައްކުވައިދީފައެވެ.
އެޗްއާރުސީގެ 56 ވަނަ ސެޝަންގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. މި ވަފްދުގައި ކައުންސެލަރ އާދަމް ހާމިދާއި ކައުންސެލަރ އަލްއުސްތާޛާ އަލްއުސްތާޛު ޑރ. ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ފަރާތުން އާމިނަތު ޝިފާޔާ އިބްރާހީމާއި ސެކަންޑް ސެކްރެޓަރީ މަރިޔަމް ފާތިކާ ފަޔާޒާއި ސެކަންޑް ސެކްރެޓަރީ އައިޝަތު ރިފްގާ މުހައްމަދާއި އެޓޭޗީ ރާއިދު ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.
ގުޅުންހުރި

ކުދި ޖަޒީރާ ގައުމުތަކަށް އދ. މެދުވެރިކޮށް ދޭ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށްފި
.jpg&w=3840&q=75)
ރާއްޖެއާއި ތައިލެންޑުގެ ޒަމާންވީ ގުޅުން ބަދަހިކުރަން ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއް!

ޒަމާނީ ޓެކްނޮލޮޖީއާއެކު ފެނުގެ ނިޒާމުތައް ހަރުދަނާކުރަން ޔޫއޭއީއާއިއެކު ވެބިނާއެއް!




