
ގދ.އަތޮޅު ކައުންސިލް ބެޑްމިންޓަން މުބާރާތް ހިންގުން ހުވަދޫ ބެޑްމިންޓަން ކުލަބާއި ހަވާލުކޮށްފި
# ދިވެހި ކުޅިވަރު # ހުވަދޫ ބެޑްމިންޓަން ކްލަބް# ގދ.އަތޮޅު ކައުންސިލްގދ. އަތޮޅު ކައުންސިލުން ހުވަދޫ ބެޑްމިންޓަން ކުލަބާއިއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އަތޮޅު ކައުންސިލް އިދާރާ
ގދ. އަތޮޅު ކައުންސިލް ބެޑްމިންޓަން މުބާރާތް 2024 އިންތިޒާމުކޮށް ހިންގުމަށް ހުވަދޫ ބެޑްމިންޓަން ކުލަބާއެކު ގދ. އަތޮޅު ކައުންސިލުން މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ގދ. އަތޮޅު ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިޔާތުގައި ހުވަދޫ ބެޑްމިންޓަން ކުލަބުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކުލަބުގެ ފައުންޑާ އަލްފާޟިލް އަހުމަދު ހަބީބު އެވެ. އަދި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ގދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ފަޢިހަތް ޤުދުރަތުاللهއެވެ.
ހުވަދޫ ބެޑްމިންޓަން ކުލަބުގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މިމުބާރާތަކީ ގދ. އަތޮޅުގައި ބެޑްމިންޓަންގެ ފޯރި އިތުރުކޮށް މިކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުމުގެ އިތުރުން މިސަރަހައްދުގައި ބެޑްމިންޓަން ކުޅޭ ފަރާތްތަކަށް ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން، ގދ. އަތޮޅު ކައުންސިލް ބާއްވާ މުބާރާތެއް ކަމަށެވެ.
ޗެމްޕިއަން ޓީމަށް 25،000 އަދި ރަނަރަޕް ޓީމަށް 15,000 ރުފިޔާ ސެމީ ފައިނަލުގައި ކުޅޭ ކޮންމެ ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ކަޑައަޅާފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ތިނަދޫ ސިޓީގައެވެ. އަދި ކުލަބު ޖަމްއިއްޔާތަކަށް ހުޅާލައިގެން ބާއްވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 15 އޮކްޓޯބަރ އިން 30 އޮކްޓޯބަރު ގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމުތަކުން އިތުރު މައުލޫމަތު ހޯއްދެވުމަށް، (7911729،7979739) ނަންބަރު ފޯނަށް ގުޅުއްވުމަށް ހުވަދޫ ބެޑްމިންޓަން ކުލަބުން ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

މިއަހަރުގެ މަޅި ފުޓްސަލް ޗެލެންޖް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
%20(3).jpg&w=3840&q=75)
ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަރު ހުޅުވާލައިފި

ލަންކާ މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ ޗެންޕިއަންކަން ރާއްޖޭގެ މާސްޓަރސް ޓީމު ހޯދައިފި
