
--

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ ފަރާތުން، މަތީ ތަޢުލީމު ކުރިއެރުވުމަށް އަމާޒުކޮށް، ހއ.ދިއްދޫގައި ތަރައްޤީކުރަމުން އަންނަ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފި އެވެ.
މިނިސްޓްރީން މި މަޝްރޫއުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން ބުނީ މި ކޮލެޖު ބިނާކުރުމުގެ %90 މަސައްކަތް މިހާރު ވަނީ ފުރިހަމަވެފައި ކަމަށެވެ.
އެގޮތުން، ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން، މި އިންސްޓިޓިއުޓް ހިންގުމުގެ އިދާރީ މަސައްކަތްތަށް ކުރުމަށް ތައްޔާރުވުމުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުން ކަން މިނިސްޓްރީން ހާމަކުރެއެވެ.
މި މަސައްކަތް ނިމި، ހއ.ދިއްދޫގެ ޖޫނިއަރ ކޮލެޖްގައި ކިޔަވައިދޭން ފަށާނެކަމަށް ލަފާކުރަނީ 2025 ވަނަ އަހަރު ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ދިއްދޫ ހައުސިންގ ޔުނިޓު މަޝްރޫޢު ނިމުމަކާ ގާތަށް، މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތް!

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު: 20 ދުވަހުން 41 ހެކްޓަރު ހިއްކައިފި

ދިއްދޫ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި




