logoEN
cocacola
ގާފަރުގައި ބީއެމްއެލްގެ ސެލްފްސާރވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ގާފަރުގައި ބީއެމްއެލްގެ ސެލްފްސާރވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

10/9/2024, 8:29:15 AM

# ކ. ގާފަރު# ބީއެމްއެލް

--

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާއި އެއްގޮތަށް، ރައްޔިތުންނާއި ގާތުން ބޭންކިންގ ޚިދުމަތް ފޯރުކޮދިނުމުގެ ގޮތުން ކ. ގާފަރުގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފްސާރވިސް އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފިއެވެ.

ގޮސިޔާ

އެކޮނޮމިކް މިނިސްޓްރީން ބުނީ މި އޭޓީއެމް ހުޅުވުމަކީ އެ ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ލިބުމުގައި އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ޚިދުމަތެއް ކަމަށެވެ.

ކ. ގާފަރުގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފައިވަނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ކ.ގާފަރު ކައުންސިލާއި، ބޭންކު އޮފް މޯލްޑިވްސް އަދި އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާ އާ އެކު އެކުލަވާލެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ "ކ.ގާފަރުގައި އަލަށް މި ހުޅުވި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ބޭނުންވާފަދަ ބޭންކިންގ ހިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މިސާލެއް. ގާފަރުގައި މި ފެށުނު އޭޓީއެމް ޚިދުމަތާއެކު ކާފު އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމްކޮށްފައިވާ 2 ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފަ."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އޭޓީއެމް ޚިދުމަތް ނުލިބޭ ރަށްރަށަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އޭޓީއެމް ތަކެއްގެ ޚިދުމަތް ފެށިގެންދާނެއެވެ. އަދި ބޭންކު އޮފް މޯލްޑިވްސް ފިޔަވާ އެހެން ބޭންކު ތަކުގެ ޚިދުމަތްވެސް އަތޮޅުތެރެއަށް ފުޅާކުރުމަށް ސަރުކާރުންގެންދަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ