logoEN
cocacola
ވިލިމާލޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރަނީ

ވިލިމާލޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރަނީ

އަހުމަދު ޝުރާއު

logo

10/8/2024, 10:18:07 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ވިލިމާލޭގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގޮސިޔާ

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މިކަމަށްޓަކައި ކުލާސްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކަމަށާއި އެގޮތުން ވިލިމާލެ މަސްޖިދުލް ބިއްރިގައި 2 ކުލާސްރޫމް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް މާލެ ސިޓީ ކައުންސިލް ކުރިއަށް ގެންގޮސްދެއްވާތީ ވަޒީރު ޑރ. ޝަހީމް ވަނީ މާލެ ސިޓީ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގޮފި ވަރަށް އަވަހަށް ހުޅުވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން މިހާރުވެސް އަންނަނީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ގިނަ ޕްރޮގުރާމުތަކާއި ކުލާސްތައް ކުރިއަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ