logoEN
cocacola
ދިއްދޫ އިސްލާމިކް ސެންޓަރު ވެގެންދާނީ އުތުރުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަށް - ވަޒީރު

ދިއްދޫ އިސްލާމިކް ސެންޓަރު ވެގެންދާނީ އުތުރުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަށް - ވަޒީރު

އަހުމަދު ޝުރާއު

logo

10/8/2024, 7:37:34 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ދިއްދޫގައި އިމާރާތް ކުރަމުންދާ އިސްލާމިކް ސެންޓަރު ވެގެންދާނީ އުތުރުގައި ހުންނަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ގޮތްޕަކަށް ކަމަށް ވަަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް މިހާރު ނިމެމުންދާކަމަށާއި ވުޒާރާގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުޅުވުންކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި އިސްލާމީ މަރުކަޒުގައި އިސްލާމީ ލައިބްރަރީއަކާއި ތަމްރީނުދޭނެ ވަސީލަތްތައް ޤާއިމްވެފައި ހުންނާނެކަމަށާއި، މިސްކިތް ބައިގައި ޢިލްމުވެރި އިމާމަކާއި ބަންގި ގޮވުމަށް މުވައްޒިނަކު ހުންނާނެކަމަށެވެ.

މި އިސްލާމީ މަރުކަޒަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. މި މަރުކަޒުގައި ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، 450 މީހުންގެ މަލްޓިޕަރޕަސް ހޯލެއް ހުންނާނެއެވެ. އަދި މި މަރުކަޒުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމުގެ އިތުރުން ޕޭންޓްރީއެއް ހުންނާނެއެވެ.

މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 50.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ