logoEN
cocacola
ހިރިމަރަދޫގައި އިމާރާތްކުރަމުންދާ އައު މިސްކިތުގެ މަސައްކަތް އަންނަ މަހު ނިމޭނެ!

ހިރިމަރަދޫގައި އިމާރާތްކުރަމުންދާ އައު މިސްކިތުގެ މަސައްކަތް އަންނަ މަހު ނިމޭނެ!

އަހުމަދު ޝުރާއު

logo

10/8/2024, 9:55:54 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ހދ. ހިރިމަރަދޫގައި އިމާރާތް ކުރަމުންދާ އާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

ގޮސިޔާ

އެވުޒާރާގެ ވަޒީރު ޑރ ޝަހީމް އަލީ ސައީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ދ. ހިރިމަރަދޫގައި އިމާރާތް ކުރަމުންދާ އާ މިސްކިތުގެ މަސައްކަތް އަންނަ މަހު ނިންމޭނެ ކަމަށެވެ. އަދި ވަޒީރު ވަނީ މަސައްކަތް ކުރިޔަށްދާ ގޮތުގެ ފޮޓޯއެއްވެސް ޕޯސްޓާއި އެކު ހިއްސާކުރައްވާފައި އެވެ.

ހިރިމަރަދޫގައި އިމާރާތް ކުރަމުން އަންނަ މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން ޖުމްލަ އަށް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރަމުން އަންނަ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން 22 މިސްކިތެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތަކުގެ މަސައްކަތް 2025 ވަނަ އަހަރުގެ ތެރޭގައި ނިންމޭ ވަރަށް މަސައްކަތް ކުރިއަށް ދެއެވެ. އަދި މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ