logoEN
cocacola
ބުޅާ ފެސިލިޓީގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާައި ހަވާލުކޮށްފި

ބުޅާ ފެސިލިޓީގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާައި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/6/2024, 1:25:35 PM

# މާލެ ސިޓީ ކައުންސިލް

--

ހުޅުމާލޭގެ ފޭސް 2 ގައި ޤާއިމް ކުރަމުންދާ ކެޓްޝެލްޓަރގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ކެޓް ޝެލްޓަރގައި 24 ގަޑިއިރު ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތް އޭ.ޖޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިކަމާއި ގުލޭ އެއްބަސްވުމުގައި ދެ ފަރާތުން ވަނީ މިހާރު ސޮއިކޮށްފައި އެވެ.

މި މަސައްކަތްއޭ.ޖޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވަނީ 466,482.24 (ހަތަރުލައްކަ ފަސްދޮޅަސް ހަހާސް ހަތަރުސަތޭކަ އަށްޑިހަ ދެ ރުފިޔާ ސައުވީސް ލާރި) ރުފިޔާ އަށެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

View post on Twitter

މާލެ ސިޓި ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ބުޅާ ފެސިލިޓީ މަޝްރޫއު ކުރިއަށް ގެންދިމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުޅާތައް ތިބޭނެ ތަނެއް ގާއިމް ކުރިނަމަވެސް، ފަހުން، ވެޓް ކްލިނިކެއްވެސް ގާއިމް ކުރެވި، ބުލަލުގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ އެހެން ދިރޭތަކެޗަށް ފަރުވާ ދެވޭނެ އިންތިޒާމު ވެސް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ކެޓް ޝެލްޓަރ ޤާއިމްކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ. އެ ތަނުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު މިހާރު ކުރިޔަށްދަނީ ފިނިޝިންގ ގެ މަސައްކަތްތަކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ