logoEN
Sto top
އައިޔޫއެމް އިން ދިރާސާކުރުމާއި ގުޅޭ މުބާރާތެއް ބާއްވަނީ

އައިޔޫއެމް އިން ދިރާސާކުރުމާއި ގުޅޭ މުބާރާތެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

10/6/2024, 7:05:47 AM

# އައިޔޫއެމް

--

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން "ރިވެލި 2024" ގެ ނަމުގައި ދިރާސާކުރާ ފަރާތްތަކަށް ޚާއްސަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

Wamco

އައިޔޫއެމްއިން ބުނީ "ރިވެލި 2024" އަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވާފައިވާ ފަދައިން ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖްތަމަޢުއެއް ބިނާކުރުމަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި، ދިރާސާކުރުމަށް އާންމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން ކޮއްފައިވާ ދިރާސާތަށް އާންމުންނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އައިޔޫއެމްއިން ބުނެއެވެ.

26 އޮކްޓޯބަރ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެ ވަނަ ހޯދާ ފަރާތްތަކަށް 5،000 ރުފިޔާގެ އިނާމް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، "ރިވެލި 2024"ގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

"ރިވެލި 2024"ގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުން މި ގޫގަލް ލިންކު މެދުވެރިކޮށް، މަޢުލުމާތު ފުރިހަމަކުރުމަށް ފަހު ބާއިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside