
ޤައުމީ ތަރައްޤީ ޕްލޭނަށް ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާ ސަރުކާރާއެކު ސޮއިކޮށްފި
# ރާއްޖެ - އޮސްޓްރޭލިއާ-
20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭނެއް އެކުލަވާލުމާއި އެކަމާ ގުޅޭ ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއި އެކީ ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރަައްޤީއާބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަޙުމަދުއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަފްއެވެ.
މި އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރުން ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން 900،000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ.
20 އަހަރުގެ ދުރު ރާސްތާ ޕްލޭންއަކީ ރައީސް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތައް ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ، ސިޔާސީ ޕާރޓީތަކާއި އާއްމު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ހިމަނައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ގުޅުންހުރި

އޮސްޓްރޭލިއަން ނޭވީ އިމާމު މޮގަތު މަޖްދީ ޢީސާގެ ސެޝަނެއް އިމާމުންނަށް ކުރިއަށް ގެންގޮސްފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ޕެޓްރޯލިން އުޅަނދެއް ހަދިޔާ ކުރަނީ

ރާއްޖޭގައި އޮސްޓްރޭލިއާ ދުވަސް ފާހަގަކޮށްފި
