
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް — ފޮޓޯ: މިހާރު
މިހާރު ކޯޓަށް ހުށަހެޅިފައިވާ ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހުޅުވާލައިފި އެވެ.

ޕީޖީ އޮފީހުން މި ފުރުސަތު ހުޅުވާލީ އިއްޔެއިން ފެށިގެން 20 ދުވަހުގެ މުއްދަތަކަށެވެ.
ޕީޖީ އޮފީހުން ބުނީ މުރާޖައާ ކުރުމަށް އެދޭ ފޯމު އެ އޮފީހާއި އެ އޮފީހުގެ ގޮފިތަކާއި ޕޮލިސް ސްޓޭޝަންތަކުންނާއި ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ވެސް ފޯމް ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އޮންލަެިންކޮށްވެސް މި ފޯމް ހުށަހެޅޭއިރު، އެ ފޯމުގައި މުރާޖައާކޮށްދިނުމަށް އެދޭ މައްސަލާގެ ކުރު ހުލާސާއަކާއި އެގޮތަށް އެދޭ ސަބަބު ވެސް ބަޔާންކުރަން ޖެހެ އެވެ.
ގުޅުންހުރި

ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައެއްނުވޭ: ޕީޖީ

މަޙްޒޫމްއާއި ޝިމަން މައްޗަށް ކޮށްފައިވާ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފި

ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާގެ ޕްރޮސިކިއުޓޯރަލް ވަފްދާއެކު ރަސްމީ މަޝްވަރާތައް ކުރިޔަށްގެންގޮސްފި





