
ޕީޖީގެ ދަޢުވަތަކަށް ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދެއް ރާއްޖެއަށް!
# ޕީޖީ އޮފީސް-
ޕްރޮސިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔާރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފްގެ ދަޢުވަތަކަށް، ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދެއް އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ.

މި ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްއެވެ. އެމަނިކުފާނަކީ ޗައިނާގެ ވައިސް-މިނިސްޓީރިއަލް ފެންވަރުގެ ބޭފުޅެކެވެ.
މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ ކެޕްޓަން ރިޓަޔާރޑް ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާ ވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާނެއެވެ.
އަދި ވަފްދުގެ ޝަރަފުގައި ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ ރޭގަނޑުގެ ފަރީއްކޮޅެއް ބުދަ ދުވަހުގެ ހަވީރު ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވެއެވެ.
ގުޅުންހުރި

އައްމަޓީގެ މައްސަލަ އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި

ސީލައިފް ޚިޔާނާތާ ގުޅިގެން އައްމަޓީގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި، ޕީޖީން މައްސަލަ އިސްތިއުނާފް ކުރަނީ

ޕީޖީ އޮފީހުންވެސް ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް: ކޮންމެ އަންގާރައަކީ ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް!




