.jpg&w=3840&q=75)
-
އިޒްރޭލުގެ ހުރިހާ އެއާޕޯޓުތަކެއްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އިޒްރޭލުގެ އެއާޕޯޓު އޮތޯރިޓީން ބުނީ ވަކި ގޮތެއް އަންގަންދެން އިޒްރޭލުގެ ހުރިހާ އެއާޕޯޓަކަށް ފްލައިޓުތައް ޖެއްސުމާއި ފުރުން މެދު ކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ރަސްމީ އެއާޕޯޓުތައް ބަންދުކުރި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އޮޕަރޭޝަންތައް ހުއްޓާލި އެއާޕޯޓުތަކުގެ ތެރޭގައި އިޒްރޭލުގެ މައި އެއާޕޯޓު ބެން ގުރިއަން އެއާޕޯޓުވެސް ހިމެނެއެވެ.
މިފަދަ ނިންމުމެއް ނިންމާފައިވަނީ އިރާނުން އިޒްރޭލަށް ހަމަލާދޭން ފެށުމާއި އެކުގައި އެވެ. އިރާނުން ވަނީ އިޒްރޭލުގެ އެކި އަމާޒުތަކަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައި އެވެ. އިރާނުގެ ހަމަލާތައް އިޒްރޭލުގެ އެއާޕޯޓުތަކަށް އަމާޒުވި ކަމެއް އަދި މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
އިރާނުން ބުނާގޮތުގައި އިޒްރޭލަށް އަމާޒުކޮށް އެތައް ސަތޭކަ ބެލިސްޓިކް މިސައިލް ފޮނުވާލީ އިޒްރޭލުން އަވަހާރަކޮށްލި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ, ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރަالله އާއި ގުދުސް ފޯސްގެ ކޮމާންޑަރު ނިލްފޯރުޝާންގެ މަރުގެ ބަދަލުހިފުމަށެވެ.
މި ހަމަލާގައި ބައެއް މިސައިލްތައް އަމާޒްތަކަށް ފޯރާފައިވާކަމަށް އިރާނުން ބުނި ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް އިޒްރޭލުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ރައްޔިތުންނަށް ހަމަލާދެމުންދިޔަ ޔަހޫދީންގެ ޓޭންކަރަކަށް ހަމާސްގެ ބޮޑު ހަމަލާއެއް: ޔަހޫދީ ސިފައިންތަކަށް ބޮޑެތި އަނިޔާތަކެއް!

ޔަހޫދީން ސީރިއާގެ އަސްކަރީ އެއާބޭސްއަކަށް ބޮން އަޅައި ސުންނާފަތިކޮށްލައިފި
