އިޒްރޭލުގެ ވެރިރަށުގައި ހުރި އިސްކަރީ މަރުކަޒަކަށް ހޫތީން ޑްރޯން ހަމަލާއެއްދީފި
އަހުމަދު ޝުރާއު
10/1/2024, 8:43:17 AM
އިޒްރޭލުގެ ވެރިރަށް, ތެލް އަވީވް ގެ އަސްކަރީ މަރުކަޒަކަށް ޔަމަނުގެ ހޫތީން ޑްރޯން ހަމަލާއެއް ދީފި އެވެ.
ހޫތީ ހަނގުރާމަވެރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތެލްއަވީވްގެ ޖަފާ ސަރަހައްދުގައި އިޒްރޭލުގެ އަސްކަރިއްޔާގެ އަސްކަރީ އަމާޒަކަށް ޑްރޯން ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން އެއިލާޓް ސިޓީގެ އަސްކަރީ އަމާޒުތަކަށް ވެސް ހަތަރު ޑްރޯން ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
ހޫތީންގެ ބަޔާނުގައި ބުނެފައިވަނީ މި ދެ އޮޕަރޭޝަނުން ވެސް އެ މީހުންގެ ލަނޑުދަނޑިތައް ހާސިލްވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިޒްރޭލު އަސްކަރިއްޔާއިން ބަހެއް ބުނެފައި ނުވި ނަމަވެސް އިޒްރޭލުގެ މީޑިއާތަކުން ވަނީ ހޫތީންގެ ހަމަލާއެއް އިޒްރޭލަށް އަމާޒުވިކަން ކަށަވަރުކޮށްދީފައި އެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ބޮޑު ގަތުލުއާންމުއަށް އަހަރެެއްވާން ގާތް ވެފައިވާ ދަނޑިވަޅެއްގައި އިޒްރޭލުން ވަނީ ލުބުނާނާއި ދެކޮޅަށްވެސް ބޮޑު ގަތުލުއާންމު އެއް ފަށާފައި އެވެ. މިއާއި އެކު މެދު އިރުަމަތީގެ މަޝްރަހު ގޯސްވެފައިވާެއިރު އަރަބި ބޮޑު ގައުމުތަކުން ތިބީ ހިމޭނުންނެވެ.