logoEN
Sto top
އައްޑޫ ސިޓީގައި އާ އިންޖީނުގެ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި އާ އިންޖީނުގެ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް މަޝްވަރާކޮށްފި

އަލްފާ އަލީ

logo

9/30/2024, 10:45:05 AM

# ފެނަކަ

-

އައްޑޫ ސިޓީގައި އާ އިންޖީނުގެ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން ފެނަކަ މެނޭޖްމަންޓުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފި އެވެ.

Wamco

ފެނަކަ ކޯޕަރޭޝަނުން ބުނީ, އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު އަދި ކުންފުނީގެ އިސްވެރިން، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާ ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ މިހާރު ދިމާވަނީ މަގުކޮނުމުގައި އެކުންފުނީގެ މައި ކޭބަލްތަކަށް ގެއްލުންވުމާއި ގުޅިގެންނެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން ވަނީ ދާދި ފަހުން ހާއްސަ އުސޫލެއް އެކުލަވާލާފައެވެ.

މި އުސޫލުގެ ދަށުން ސަރުކާރު ކުންފުންޏެއް، ކޮންޓްރެކްޓް ކުރެވިގެން މަސައްކަތް ކުރާ ފަރާތެއް ނުވަތަ އާންމު ފަރުދަކަށްވިޔަސް، އެއްވެސް ބޭނުމަކަށް މަގު ކޮނުން، ތޮރުފުން ނުވަތަ މިފަދަ އެއްވެސް ކަމެއް ކުރަން ވާނީ، އެ ރަށެއްގައި ގާއިމުކޮށްފައިވާ ފެނަކަ އޮފީހުގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside