logoEN
cocacola
ޔަހޫދީން ޔަމަނަށް މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް 4 މީހަކު ޝަހީދުވެއްޖެ

ޔަހޫދީން ޔަމަނަށް މިއަދު ދިން ހަމަލާތަކުގައި މިހާތަނަށް 4 މީހަކު ޝަހީދުވެއްޖެ

އަހުމަދު ޝުރާއު

logo

9/29/2024, 5:14:53 PM

# ހޫތީން

ޔަހޫދީ އިޒްރޭލުން މިއަދު ޔަމަނަށް ދިން ވަރުގަދަ ހަމަލާތަކާއި އެކު ޝަހީދުވި މީހުންގެ އަދަދު 4 އަށް އަރާފައިވާ ކަމަށް ޔަމަނުގެ ސިއްހީ ވުޒާރާއިން ބުނެފި އެވެ.

ގޮސިޔާ

ހޫތީން ވެރިކަން ކުރަމުން އަންނަ ޔަމަނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ހަތަރު މީހަކު މިހާތަނަށް ޝަހީދުވެފައިވާ ކަމަށެވެ.

އަދި އިތުރު 29 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.

ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސް އީސާ އާއި ހޯދައިދާ ބަނދަރުގައި ހުރި އިންޖީނުގެތަކާއި ކަނޑުގެ ބަނދަރުގެ ފެސިލިޓީތަކަށް ފައިޓާ ޖެޓްތައް ހިމެނޭ ގޮތަށް އެތައް މަތިންދާ ބޯޓަކުން ހަމަލާދީފައިވާ ކަމަށެވެ.

ވައިގެ މަގުން ދިން ހަމަލާތަކުގެ ސަބަބުން ހޯދައިދާގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ އިރު، މި ހާދިސާގައި ގިނަ ބަޔަކު މަރުވުމުގެ ބިރު ވެސް އޮތް ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެ އެވެ.

މި ހަމަލާ ދީފައި މިވަނީ އިޒްރޭލުގެ ތެލްއަވީވް ކައިރީގައި އޮންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ހޫތީން ބުނިތާ އެއް ދުވަސް ފަހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ