logoEN
cocacola
ޔަ‎މަނުގެ ހުދައިދާ ބަނދަރަށް ޔަހޫދީން ވައިގެ ހަމަލާތަކެއް ދީފި

ޔަ‎މަނުގެ ހުދައިދާ ބަނދަރަށް ޔަހޫދީން ވައިގެ ހަމަލާތަކެއް ދީފި

އަހުމަދު ޝުރާއު

logo

9/29/2024, 2:41:29 PM

# ހޫތީން

--

ޔަމަނުގެ މައި ބަނދަރެއް ކަމަށްވާ ހުދައިދާ ބަނދަރަށް ޔަހޫދީ އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފި އެވެ.

ގޮސިޔާ

މިކަން ބޭރުގެ ނޫސްތަކުން ރިޕޯޓުކުރަމުންދާއިރު ހަމަލާއާއި ގުޅޭ މާބޮޑު ތަފްސީލެެއް އަދި މިހާތަނަށް އެނގިފައި ނުވެއެވެ.

ނަމަވެސް މި ހަމަލާއަކީ ޔަހޫދީ އިޒްރޭލުގެ ހަނގުރާމަވެރި ބޯޓުތަކަކުން ދިން ހަމަލާއެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސް އީސާ އާއި ހޯދައިދާ ބަނދަރުގައި ހުރި އިންޖީނުގެތަކާއި ކަނޑުގެ ބަނދަރުގެ ފެސިލިޓީތަކަށް ފައިޓާ ޖެޓްތައް ހިމެނޭ ގޮތަށް އެތައް މަތިންދާ ބޯޓަކުން ހަމަލާދީފައިވާ ކަމަށެވެ.

ވައިގެ ހަމަލާތަކުގެ ސަބަބުން ހޯދައިދާގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ އިރު، މި ހާދިސާގައި މީހުން މަރުވުމުގެ ބިރު ވެސް އޮތް ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެ އެވެ.

މި ހަމަލާ ދީފައި މިވަނީ އިޒްރޭލުގެ ތެލްއަވީވް ކައިރީގައި އޮންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ހޫތީން ބުނިތާ އެއް ދުވަސް ފަހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ