logoEN
WAMCO TOP 1
ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

7/12/2026, 11:02:25 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) އެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސީބު އާދަމް ފަސްދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހުއެވެ. އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނެއެވެ. މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވެއެވެ. މި ތަކެތި ފުލުހުން ހޯދާފައިވާއިރު، ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC