
11 ވަނަ ޤައުމީ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
# ދިވެހި ކުޅިވަރު # ގައުމީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސް-
18 އޮކްޓޯބަރު 2024 ގައި ފެށުމަށް ހަމަޖެހިފައިވާ 11ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތިގައި ބައިވެރިވުމުގެ ފުރުސަތު ހޭންޑްބޯޅަ މޯލްޑިވްސް އިން މިއަދު ހުޅުވާލައިފިއެވެ.

ހޭންޑްބޯޅަ މޯލްޑިވްސް އިން މިއަދު ގެޒެޓްކުރި އިއުލާނުގައި ވާގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ފޯމު ފުރިހަމަކުރެއްވުމަށްފަހު 06 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހޭންޑްބޯޅަ މޯލްޑިވްސްއަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 15 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އަދި މުއްދަތު ހަމަވުމަށްފަހުގައި ހުށަހަޅާ ފޯމްތައް ބަލައި ނުގަންނާނެކަމަށް ހޭންބޯޅަ މޯލްޑިވްސްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު ހޭންޑްބޯޅަ މޯލްޑިވްސްގެ އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާއިރު، މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުގެ ތާރީޚެއްގައި އަންގާނެކަމަށް ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމުތަކުން އިތުރު މައުލޫމަތު ހޯއްދެވުމަށް ހޭންޑްބޯޅަ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ، (9879555) ނަންބަރު ފޯނަށް ގުޅުއްވުމަށް ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގުރުލުން ބާއްވައިފި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގައި މިއަހަރު 32 ޓީމު ބައިވެރިވެއްޖެ
އައިއެޗްއެފް ޓްރޮފީ ވުމެންސް ޒޯން 3 ގެ ރެފްރީންގެ ގޮތުގައި ރައްފު އަދި ޝިޒޫ
