
-
ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ދ. ކުޑަހުވަދޫ އާއި ނިޔާމަ ރިސޯޓާ ދެމެދުގައި ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއްގައެވެ.
މެރިން ޕޮލިހާއި، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ގުޅިގެން މި މުދާ އުފުލާ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާދިސާ ހިނަގާފައިވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށް މައުލޫމާތުލިބެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.