logoEN
cocacola
އަނިޔާވެރި ނަތަންޔާހޫ އެނބުރި އިޒްރޭލަށް އައި ވަގުތާއި ދިމާކޮށް ހޫތީންގެ މިސައިލް ހަމަލާއެއް މައި އެއާޕޯޓަށް!

އަނިޔާވެރި ނަތަންޔާހޫ އެނބުރި އިޒްރޭލަށް އައި ވަގުތާއި ދިމާކޮށް ހޫތީންގެ މިސައިލް ހަމަލާއެއް މައި އެއާޕޯޓަށް!

އަހުމަދު ޝުރާއު

logo

9/28/2024, 6:39:04 PM

# ހޫތީން

އިޒްރޭލުގެ ބޮޑުވަޒީރު ޖައްބާރު, އަނިޔާވެރި ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރަށް ފަހު އަނބުރާ އިޒްރޭލަށް އައި ވަގުތާއި ދިމާކޮށް ޔަމަނުގެ ހޫތީން އިޒްރޭލުގެ މައި އެއާޕޯޓަށް މިސައިލް ހަމަލާއެއް ފޮނުވާލައިފި އެވެ.

ގޮސިޔާ

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ އަސްކަރީ ތަރުޖަމާނު ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަތުރުކުރި ބޯޓު އެއާޕޯޓަށް ޖެއްސި ވަގުތާއި ދިމާކޮށް އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް ހަމަލާ ދިން ކަމަށެވެ.

މި ހަމަލާއިން ނަތަންޔާހޫ ސަލާމާތްވީ މިސައިލް ހުއްޓުވުމަށް އިޒްރޭލު އަސްކަރިއްޔާއިން ކުރި މަސައްކަތުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން އެ މިސައިލް ވައްޓާލާފައިވާ ކަަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެއެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފަލަސްތީނު 2 ބެލިސްޓިކް މިސައިލަކުން،" ޔަހްޔާ ސާރީ ވިދާޅުވެފައިވެ އެވެ.

ނަތަންޔާހޫ އެނބުރި އިޒްރޭލަށް އައީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރެއް ދިނުމަށް ފަހު އެމެރިކާއިންނެވެ.

އިޒްރޭލުން އިއްޔެ ބެއިރޫތަށް ދިން ހަމަލާއެއްގައި ހިޒްބުالله ގެ ލީޑަރު ނަސްރަالله އަވަހާރަކޮށްލުމާއި ގުޅިގެން މެދު އިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ. މި ހަމަލާގެ އޯޑަރު ނަތަންޔާހޫ އިޒްރޭލު އަސްކަރިއްޔާއަށް ދިނީ އެމެރިކާ ފަސްގަނޑުގައި ހުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ