
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރްޖީ)ގެ ޑެޕިއުޓީ ކޮމާންޑަރު އައްބާސް ނިލްފޮރޫޝާން އަވަހާރަކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޑެޕިއުޓީ ކޮމާންޑަރު އައްބާސް ނިލްފޮރޫޝާން އަވަހާރަކޮށްލާފައިވަނީ ޔަހޫދީން ބެއިރޫތަށް ދިން ހަމަލާއެއްގައި އެވެ.
އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އައްބާސް ނިލްފޮރޫޝާން އަވަހާރަކޮށްލާފައިވަނި ޔަހޫދީން އިއްޔެ ބެއިރޫތަށް ދިން ހަމަލާގައި އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އައްބާސް ނިލްފޮރޫޝާން ވެސް އަވަހާރަވީ ޔަހޫދީން ހިޒްބުالله ގެ ލީޑަރު ނަސްރަالله އަވަހާރަކޮށްލަން ބެއިރޫތައް އިއްޔެ ދިން ހަމަލާގައި އެވެ.
ޔަހޫދީ އިޒްރޭލުން ބުނާގޮތުގައި އިއްޔެ ހަމަލާ އަމާޒުކުރީ ހިޒްބުالله ގެ މައި ކޮމާންޑް ސެންޓަރަކަށެވެ. އެ ސެންޓަރަށް ހަމަލާ އަމާޒުވި އިރު ނަސްރަالله ގެ އިތުރަށް ހިޒްބުالله އަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ އިރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ބައެއް އިސްވެރިންވެސް އެތަނުގައި ތިބި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އިރާނުގެ އެއާޕޯޓަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފި: މިއީ މިހާތަނަށް އިރާނުގެ އެންމެ ދުރު ހިސާބަކަށް ދިން ހަމަލާ!

އިސްރާއީލުން އިރާނަށް ހަމަލާދިނުން: ތެލުގެ އަގު އުފުލިއްޖެ

އިސްރާއީލުން އިރާނަށް ހަމަލާދިނުން: 6 ނިއުކްލިއާ ސައިންޓިސްޓުން ޝަހީދުކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި
