
--
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯއިން ދާދި ފަހުން ފެށި "ހޮބާ" ހިދުމަތް ދިނުމަށް ސްޓެލްކޯއާއި އެކު ސޮއިކޮށްފި އެވެ.

ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ފެށި ހިދުމަތެކެވެ.
މި ހިދުމަތް ސްޓެލްކޯއަށް ދިނުމަށް ވެމްކޯއިން ސްޓެލްކޯއާއި އެކު ސޮއިކުރީ ބުރާސްފަތި ދުވަހު އެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ އެވެ.
ވެމްކޯއިން ބުނީ މި އެއްބަސްބުމުގެ ދަށުން ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސްޓެލްކޯގެ ޢިމާރާތްތަކާއި، ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅައި ސާފުކުރުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދޭނެ ކަމަށެވެ.
ހޮބާގެ ނަމުގައި ވެމްކޯއިން ހިދުމަތްދޭން ފެށީ މިދިޔަ މަހުގެ ތެރޭގައި އެވެ. އެގޮތުން މި ހިދުމަތް މިހާރުވެސް ވެމްކޯއިން ދަނީ 6 ކުންފުންޏަކަށް ދެމުންނެވެ.
ގުޅުންހުރި

ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި
.jpeg&w=3840&q=75)
ސިލޯނާއިއެކު ދިވެހީން: ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފި

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާ: އަނިޔާ ލިބުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް!





