logoEN
cocacola
ހޫތީންގެ މިސައިލް ހަމަލާއެއް ޔަހޫދީންގެ ވެރިރަށުގެ އައްސޭރިފަށަށް!

ހޫތީންގެ މިސައިލް ހަމަލާއެއް ޔަހޫދީންގެ ވެރިރަށުގެ އައްސޭރިފަށަށް!

އަހުމަދު ޝުރާއު

logo

9/27/2024, 12:42:42 PM

# ހޫތީން

އިޒްރޭލުގެ ވެރިރަށް ކަމަށްވާ ތެލްއަވީވްގެ އަވަށަކަށް ޔަމަނުގެ ހޫތީން މިސައިލް ހަމަލާއެއް ފޮނުވާލައިފި އެވެ.

ގޮސިޔާ

ހޫތީން މިއަދު ބުނީ އެޖަމާއަތުގެ ހަނގުރާމަވެރިން ދެކުނު ތެލްއަވީވްގެ އައްސޭރިފަށުގައި އޮންނަ އަޝްކެލޯންއަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލުބުނާނާއި ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލަންދެން އެޖަމާއަތުން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ހަމަލާއާއި ގުޅޭގޮތުން އަދި މިހާތަނަށް އިޒްރޭލު އަސްކަރިއްޔާއިން ވަކި އެއްޗެކޭ ބުނެފައި ނުވި ނަމަވެސް އިޒްރޭލު މީޑިއާތަކުން ވަނީ އަޝްކެލޯންގައި ހަމަލާއެއްގެ ސައިރެން އިވިފައިވާކަން ހާމަކޮށްފައެވެ.

ހޫތީން ވަނީ މީގެ ދުވަސްކޮޅެއް ކުރިންވެސް އިޒްރޭލަށް ސުޕާސޮނިން މިސައިލަކުން ހަމަލާއެއް ދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ