logoEN
Sto top
މަގުކޮނުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށް ފެނަކައިން ސަލަމާތީ އުސޫލެއް އެކުލަވާލައިފި

މަގުކޮނުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށް ފެނަކައިން ސަލަމާތީ އުސޫލެއް އެކުލަވާލައިފި

# ފެނަކަ

-

އާންމު ސަރަހައްދުތަކުގައި މަގުތައް ކޮންނައިރު ދިމާވާ މައްސަލަތަކާ ގުޅިގެން ސަލާމަތީ އުސޫލުތަކެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އެކުލަވާލައިފި އެވެ.

Wamco

ފެނަކަ ކޯޕަރޭޝަނުން މިފަދަ ސަލާމަތީ އުސޫލެއް އެކުލަވާލާފައިވަނީ އައްޑޫ ސިޓީ މަގު ހެދުމުގެ މަަސައްކަތުގެ ތެރެއިން ކަރަންޓު ކޭބަލަށް ގެއްލުންވެ މުޅި ރަށުން ކަރަންޓު ކެނޑެމުންދާ ދަނޑިވަޅެއްގައެވެ.

ފެނަކަ އިން ބުނީ މި އުސޫލުގެ ދަށުން ސަރުކާރު ކުންފުންޏެއް، ކޮންޓްރެކްޓް ކުރެވިގެން މަސައްކަތް ކުރާ ފަރާތެއް ނުވަތަ އާންމު ފަރުދަކަށްވިޔަސް، އެއްވެސް ބޭނުމަކަށް މަގު ކޮނުން، ތޮރުފުން ނުވަތަ މިފަދަ އެއްވެސް ކަމެއް ކުރަން ވާނީ، އެ ރަށެއްގައި ގާއިމުކޮށްފައިވާ ފެނަކަ އޮފީހުގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި ކަމަށެވެ.

މިފަދަ މަސައްތަކެއް ހިނގަންވާނީ ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށްވާއިރު، މިފަދަ ކަންކަމުގައި ކައުންސިލްތަކުގެ އެއްބާރުލުން މުހިއްމު ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ އަސާސީ ހިދުމަތްތަކަކީ އެ ހިދުމަތްތައް މެދުކެނޑި ހިނގާ ކޮންމެ މިނެޓެއްގައިވެސް ރައްޔިތުންގެ ދިރިއުޅުމަށް އެތަކެއް ގެއްލުންވާނެ ކަމެއް ކަމަށެވެ. އަދި މިކަހަލަ ކަމެއް ކުންފުނީގެ ހިއްސާއެއް ނެތި ދިމާވާކަންވެސް އެނގެނީ ހިދުމަތް ކެނޑިގެން ރައްޔިތުންގެ ޝަކުވާ ހުށަހެޅުމުން ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކުގެ ޔަގީންކަން ދެމެހެއްޓުމަށްޓަކާ އެ ކުންފުނިން ގާއިމުކޮށްފައިވާ އުސޫލުތަކުން ބޭރުން ކުރާ މަސައްކަތެއްގެ ތެރޭގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށްވެސް ފެނަކަ އިން ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside