logoEN
cocacola
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު!

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

9/26/2024, 7:01:13 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށާއި ހއ އަތޮޅުން ފެށިގެން ގއ އަތޮޅާއި ހަމައަށެވެ. އެގޮތުން މި ސަމާޅު ނެރެފައިވަނީ މިރޭގެ 12:00 އިން ދަންވަރު 18:00 ގެ ނިޔަލަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި މުއްދަތުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި މިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ރާއްޖެ ސަރަހައްދުގައި ކޮޅިގަނޑެއް އުފެދި ފާއިތުވި ތިން ދުވަހުވެސް ރާއްޖޭގެ އެކި ކޮންކޮޅުތަކަށް ވަނީ ވިއްސާރަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ