
އިނގިރޭސިވިލާތުގެ ހައިކޮޝަނާއި ޕޮލިޓެކްނިކުން އެކްސްޗޭންޖް ޕްރޮގްރާމްތަށް ހިންގުމަށް މަޝްވަރާކޮށްފި
# ޕޮލިޓެކްނިކް# ރާއްޖެ - އިނގިރޭސި ވިލާތް--
އިނގެރޭސިވިލާތުގެ ހައި ކޮމިޝަނާއި މޯލްޑިވިސް ޕޮލިޓެކްނިކް އިން ދަރިވަރުންނާއި މުވައްޒަފުންނަށް ތަފާތު ތަމްރީނާއި އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮއްދިނުމަށް އަމާޒުކޮށް، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

25 ސެޕްޓެމްބަރ ވީ ބުދަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި ، ޕޮލިޓެކްނިކްގެ ދަރިވަރުންނާއި މުވައްޒަފުންނަށް އިނގިރޭސިވިލާތުގައި ތަމްރީނުވުމަށް ހުރި ފުރުޞަތުތަކާއި، ޕޮލިޓެކްނިކްގެ ކުރިއެރުމާއި ތަރައްޤީއަށް އިނގެރޭސިވިލާތާއި ޕޮލިޓެކްނިކް އިން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ އިތުރުން ކުރިއަށް އޮތް ތާނގައި، ދެ ޤައުމުގެ މަސްލަހަތު ހިމޭނޭހެން ކުރެވިދާނެ މަސައްކަތްތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީންގެ އިތުރުން ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އަދި އިނގެރޭސިވިލާތުގެ ހައި ކޮމިޝަނުގެ ފަރާތުން، އެ އިދާރާގެ ބައެއް އިސްބޭފުޅުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ގުޅުންހުރި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީގެ އިސްވެރިން ޕޮލިޓެކްނިކަށް ޒިޔާރާތްކޮށްފި

ޔޫކޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ގަހަނާ ޑިޒައިން ކުރުމުގެ ކޯހެއް ޕޮލިޓެކްނިކުގައި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި!
