
--
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖޭއައިސީއޭ) އިން ވަނީ މޯލްޑިވިސް ޕޮލިޓެކްނިކަށް ޒިޔާރަތްކޮށް، އެ އިދާރާގެ މަސައްކަތްތަށް ކުރިއެރުވުމަށް އަމާޒުކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، ޕޮލިޓެކްނިކުން ކުރިއަށްގެންދާ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޖޭއައިސީއޭއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
އެގޮތުން، ޖޭއައިސީއޭ މެދުވެރިކޮށް ޕޮލިޓެކްނިކަށް ބޭނުންވާ ތަޖުރިބާކާރު ލެކްޗަރާއިން ގެނައުމާއި ޕްރޮގްރާމްތަކުގެ ކަރިކިއުލަމްއަށް އެކަށީގެންވާ މުޙިއްމު ބަދަލުތަށް ގެނައުމުގެ އިތުރުން މަސައްކަތެރިކަމުގެ ދާއިރާތަކުން ތަމްރީނުވުމަށް ބޭނުންވާ ވަޞީލަތްތަށް ފޯރުކޮއްދިނުމަށް ވެސް ޖޭއައިސީ އަދި ޕޮލިޓެކްނިކާއި ދެމެދު ވަނީ މަޝްވަރާކުރެވިފައެވެ.
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖޭއައިސީއޭ) އަކީ ދުނިޔޭގެ އެކި ޤައުމުތަކާއި ގުޅިގެން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ސިއްޚީ ދާއިރާ އަދި ތަޢުލީމީ ދާއިރާ ފަދަ މުޙިއްމު އެކި ދާއިރާތަކަށް ބޭނުންވާ ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމަށް މަސައްކަތްކުރުމަށް ޖަޕާނުގެ ދަޢުލަތުން ޤާޢިމުކުރެވިފައިވާ އޭޖެންސީއެކެވެ. އެގޮތުން، ދިވެހިރާއްޖެއާއި އޭޝިޔާއަށް ނިސްބަތްވާ އެހެނިހެން ޤައުމުތަކުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޖޭއައިސީއޭ އިން ދަނީ ތަފާތު އެކި ޕްރޮޖެކްޓްތަށް ކުރިއަށްގެންދަމުންނެވެ.
ގުޅުންހުރި

ޕޮލިޓެކްނިކުން ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއި ބައްދަލުކޮށްފި
-1765079250590.webp&w=3840&q=75)
ޕޮލިޓެކްނިކުން ތައްޔާރުކުރި ދިވެހި ތަރިކައިގެ ބައެއް ނަކަލު މިނިސްޓްރީއަށް ހަދިޔާކޮށްފި

ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްއާއެކު އެއްބަސްވުމެއް!





