
ގަހަނާ ޑިޒައިން ކުރުމުގެ ކޯހެއް ޕޮލިޓެކްނިކުގައި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި!
# ޕޮލިޓެކްނިކް--
މޯލްޑިވިސް ޕޮލިޓެކްނިކްގެ ޖެނުއަރީ އިންޓޭކް 2025ގައި "ސެޓްފިކެޓް 3 އިން ޖްވެލްރީ ޑިޒައިން އެންޑް މޭކިންކްގ" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގަހަނާ ހެދުމާއި ޑިޒައިންކުރުމުގެ މި ތަމްރީނު ޕްރޮގްރާމަކީ އެއްވެސް ކޯސް ފީ އަކާއި ނުލައި، މުޅިން ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
މި ކޯހަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، އަސާސީ ތަޢުލީމު ފުރިހަމަ ކޮއްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 2 ގެ ފެންވަރު ހާޞިލުކޮއްފައިވުން ނުވަތަ 18 އަހަރު ފުރިފައިވާ، ލިޔަންކިޔަން ދަންނަ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.
"ސެޓްފިކެޓް 3 އިން ޖްވެލްރީ ޑިޒައިން އެންޑް މޭކިންކްގ" ކޯސް އަދި ޕޮލިޓެކްނިކްގެ އެހެނިހެން ކޯސްތަކަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 05 ޖެނުއަރީ 2025 އެވެ.
މި ކޯސްތަކަށް ހުށަހެޅުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް، ފޯރމް ފުރިހަމަކުރުމަށްފަހު ކޯހަށް ހުށަހެޅޭނެއެވެ.
ގުޅުންހުރި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީގެ އިސްވެރިން ޕޮލިޓެކްނިކަށް ޒިޔާރާތްކޮށްފި

ގަހަނާ ޑިޒައިން ކުރުމުގެ ކޯހެއް ޕޮލިޓެކްނިކުގައި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި!

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖޭގެ ޕޮލިޓެކްނިކަށް ރިހި މެޑަލް!
