
ބްރިޖް އެއާޕޯޓް ލައިޓް ކައިރީގައި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެ
# ފުލުހުން# އެކްސިޑެންޓް-
ސިނަމާލެ ބްރިޖްގެ އެއާޕޯޓް ލައިޓް ކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ، ބްރިޖް އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް 12:57 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އެ ތަނުން އެއް ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަނިޔާވީ ދިވެހި އަންހެނަކަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލް ދުއްވި މީހުންނަކީ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން ބުނެއިވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.